މި އަހަރު 45 ގެސްޓްހައުސްއެއް މާކެޓުން ގެއްލިއްޖެ، ކީއްވެ ؟

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާނަމަ 45 ގެސްޓްހައުސް ނުވަތަ 174 އެނދު މި ދާއިރާއިން ވަނީ މަދުވެފަ އެވެ. މިއީ ގާތްގަނޑަކަށް 1.04% ގެ ދަށްވުމެކެވެ.

ރަށަކަށް ގޮސްތިބި ޓޫރިސްޓުންތަކެއް މޫދުކުޅިވަރުގައި ބައިވެރިވަނީ

މިދިޔަ 10 ވަރަކަށް އަހަރު ހަލުވިކަމާއެކު އިތުރުވަމުން ދިޔަ ރަށު ޓޫރިޒަމްގެ އެނދުގެ އަދަދަށް މި އަދަދު މަދުވުމެއް އައިސްފައިވާކަން ފާހަގަ ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ބަލާނަމަ ގެސްޓްހައުސްތަކުގައި ޖުމްލަ 16,804 އެނދު (972 ގެސްޓްހައުސް) ހުރި ކަމަށް ދައްކަ އެވެ. ނަމަވެސް މިމަހުގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިހާރު ހުރީ 16,630 އެނދު އެވެ. އަދި ގެސްޓްހައުސްގެ އަދަދަކީ 927 އެވެ. ނަމަވެސް މިހާރު ވަނީ 45 ގެސްޓްހައުސް ނުވަތަ 174 އެނދު މަދުވުމެކެވެ. މިއީ ގާތްގަނޑަކަށް 1.04 ޕަސެންޓްގެ ދަށްވެފަ އެވެ.

މި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެށުނުއިރު ރާއްޖޭގެ 20 އަތޮޅެއްގެ 113 ރަށެއްގައި ޖުމްލަ 972 ގެސްޓްހައުސްއަކުން 16,804 އެނދު އޮޕަރޭޝަނުގައި ހުއްޓެވެ. މިހާރު އޮޕަރޭޝަނުގައި ހުރީ 20 އަތޮޅެއްގެ 115 ރަށެއްގައި، ޖުމްލަ 927 ގެސްޓްހައުސްއިން 16,630 އެނދެވެ. މި މުއްދަތުގެ ތެރޭގައި ގެސްޓްހައުސްތައް ހިންގާ ރަށުގެ އަދަދަށް ދެ ރަށް އިތުރުވި ނަމަވެސް، އޮޕަރޭޝަނަލް ގެސްޓްހައުސްގެ އަދަދުން 45 ގެސްޓްހައުސް އަދި އެނދުގެ އަދަދުން 174 އެނދު ވަނީ މަދުވެފައެވެ. މިއީ މާކެޓަށް އައި 1.04 ޕަސެންޓްގެ ދަށްވުމެކެވެ. 

މި ބަދަލު އައި ސަބަބު - ގެސްޓްހައުސް އެނދުގެ އަދަދަށް މިފަދަ ބަދަލުތައް އަންނަނީ ބައެއް ތަންތަން މަރާމާތަށް ބަންދުކުރުމާއި، ސީޒަނާ ދިމާކޮށް އޮޕަރޭޝަންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ. 

ގެސްޓްހައުސް އެނދުގެ އަދަދަށް މި ބަދަލު އައިނަމަވެސް، ރާއްޖޭގެ ޖުމްލަ ޓޫރިސްޓް އެނދުގެ ކެޕޭސިޓީގައި ގެސްޓްހައުސްތައް ހިއްސާކުރާ މިންވަރަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ޖެނުއަރީ މަހެކޭ އެގޮތަށް މިހާރުވެސް ރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ (67,776 އެނދު) 25 ޕަސެންޓް ހިއްސާކުރަނީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ސިނާއަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.