ޖަރުމަނު ބަލި ކުރުމުން ޕެރަގުއޭއަށް މިއަދު ރަސްމީ ބަންދު ދުވަހެއް

މިއީ 2002 ވަނަ އަހަރުގެ ފަހުން ޕެރަގުއޭ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޕެނަލްޓީ ކާމިޔާބުކޮށް ހޯދި ކާމިޔާބީ ޕެގަގުއޭ ކުޅުންތެރިން ފާހަގަ ކުރަނީ -- އޭޕީ ފޮޓޯ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގެ ބުރުގައި، ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުވިލާތް މުބާރާތުން ކަޓުވާލައި ޕެރަގުއޭ އިން ފުޓްބޯޅަ ތާރީޚުގައި ލިޔުނު އާ ސޮފުހާއާއެކު މިއަދަކީ އެ ގައުމުގައި ރަސްމީ ބަންދު ދުބަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. 

ފޮކްސްބޮރޯގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޕެރަގުއޭ ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

މިއީ 2002 ވަނަ އަހަރުގެ ފަހުން ޕެރަގުއޭ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ތާރީޚީ އަދި ސިހުންގެނުވި ކާމިޔާބީއާ ގުޅިގެން އެގައުމުގެ ރައީސް ސެންޓިއާގޯ ޕެންޔާ ވަނީ މުޅި ގައުމަށް ރަސްމީ ބަންދު ދުވަހެއް އިޢުލާން ކުރައްވާފަ އެވެ.

"ޕެރަގުއޭ ދުވަހަކު ވެސް އަމާންނު ދޭނެ! ރަސްމީ ބަންދު ދުވަސް!" ރައީސް ޕެންޔާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

މި އުފާވެރި ހަބަރާއެކު ޕެރަގުއޭގެ އެކި ކަންކޮޅުތަކުގެ މަގުތަކަށް މީހުން އެއްވެ، ގައުމީ ދިދަ ހިފައިގެން ބޮޑެތި އުފާފާޅުކުރުންތައް ދަނީ ބާއްވަމުންނެވެ. ގަދަ 16 ގެ ބުރުގައި ޕެރަގުއޭ ބައްދަލުކުރަން ޖެހޭނެ ގައުމެއް އެނގޭނީ ކުރި އަށް ހުރި މެޗުތަކުގެ ނަތީޖާއަށް ފަހުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.