މެކްސިކޯގައި ވަގު ހިފާ ބެޓްމޭން ހޯދުމުގެ މަސައްކަތް ކުރަނީ

ބަނދެފައި ތިބި މީހުންގެ ފެނިފައިވަނީ ނިތްކުރީގައި ސްޕޭން ބަހުން "ވަގެއް" މިހެން މޫނުގައި ބުޅަލެއްގެ މޫނުމަތި ކުރަހާފައި ހުއްޓެވެ.

މެކްސިކޯ ސިޓީއެއްގައި އުޅޭ "ބެޓްމޭން' އަތުލައިގަނެފައިވާ ބައެއް ސައިކަލް ވަގުން -- ރޮއިޓާސް

މޫނުމަތީގައި "ވަގު" ލިޔެ، ސައިކަލް ވަގުން ހޮޅިދަނޑިތަކުގައި ބަންނަމުންދާ މެކްސިކޯގެ "ބެޓްމޭން" ހޯދުމުގެ މަސައްކަތް އެގައުމުގެ ފުލުހުން ފަށައިފި އެވެ.

އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މެކްސިކޯގެ ހުޅަނގު ސަރަހައްދެއް ކަމަށްވާ ހަލީސްކޯގެ ލާގޯސް ޑެ މޮރޭނޯގައި ފާއިތުވި 10 ދުވަސް ތެރޭގައި، ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މަދުވެގެން ފަސް މީހަކު ވަނީ މަގުމަތީގެ ހޮޅިދަނޑިތަކުގައި ޑަކް ޓޭޕް ބޭނުންކޮށްގެން ވަރުގަދައަށް ބަނދެފައި ހުއްޓާ ފެނިފަ އެވެ. 

ބަނދެފައި ތިބި މީހުންގެ ފެނިފައިވަނީ ނިތްކުރީގައި ސްޕޭން ބަހުން "ވަގެއް" މިހެން މޫނުގައި ބުޅަލެއްގެ މޫނުމަތި ކުރަހާފައި ހުއްޓެވެ. އަދި ބައެއް މީހުންގެ އަނގަމަތީގައި ހުރީ ޓޭޕް ވެސް އަޅާފައެވެ. އަދި އެމީހުން ވަގަށް ނެގި ކަމަށް ބުނާ ބައިސްކަލްތަކާއި ސައިކަލްތައް ވެސް ހޮޅިދަނޑި ކައިރީގައި ބަހައްޓާފައި ހުރިއިރު، އެ މީހުން ކުރި ކުށް ބަޔާންކޮށްދޭ ބޯޑުތަކެއް ބޯމަތީގައި ހަރުކޮށްފައި ހުއްޓެވެ. އަދި ހޮޅިދަނޑިތަކުގައި ބަނދެފައި ތިއްބާ ފެނުނު ބައެއް މީހުންގެ މޫނުމަތިން ލޭއައިސް، ބޮޑެތި އަނިޔާ ތަކެއް ލިބިފައިވާކަން ވެސް ފާހަގަކުރެވިފައިވެ އެވެ.

މެކްސިކޯގެ ލޯކަލް މީޑިއާތަކުން މި ގޮތްނޭނގޭ މީހާ އަށް "ބެޓްމޭން އޮފް ލާގޯސް ޑެ މޮރޭނޯ" ގެ ނަމުން މުހާތަބުކުރަން ފެށީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތް ލަސްވުމުން، އަމިއްލަ އަށް ނުކުމެ ކުށްވެރިންނަށް އަދަބުދޭން ފެށުމުންނެވެ.
ހަލީސްކޯގެ ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، އެ މީހުން ކުރި ކަމަށް ބުނާ ވައްކަމުގެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ނަމަވެސް، ގާނޫނާ ހިލާފަށް އެ މީހުން ހިފަހައްޓާ އަނިޔާކޮށްފައިވާތީ މި ވަގުތަށް އެ މީހުން ބެލެވޭނީ "އަނިޔާލިބުނު ފަރާތްތަކެއް" ގެ ގޮތުގައެވެ. މި ހާދިސާތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މިކަމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ދެ ވެހިކަލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.