
ސަރުކާރުން ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށާއި، މަސައްކަތްތައް އަވަސް ކުރުމަށް، ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް ގާއިމް ކުރުމުގެ އިތުރުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ މުހިންމު ނިންމުންތައް ރައީސް އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ހާއްސަ ޔުނިޓެއް، ކޮންމެ މިނިސްޓްރީއެއްގައި ގާއިމު ކުރުމަށް ވަނީ ނިންމައިފަ އެވެ.
އަދި، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދުމުގައި އެކިއެކި މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް، ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
ވަޒީރުންގެ މަޖިލީހުގެ އެ ބައްދަލުވުމުގައި ނިންމާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ހިމެނެނީ؛