ޔޫރަޕު ހޫނުން ފިހެނީ، މަރުވާ މީހުން އިތުރުވުމުގެ ބިރު

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ސިފަކުރެއްވި ގޮތުގައި ހޫނުގެ ސަބަބުން ކުރިމަތިވާ މި ނުރައްކާތައް ޔޫރަޕަށް ވަނީ އިތުރުވެ ވަނީ ކެތް ނުކުރެވޭ މިންވަރަށް މަތިވެފަ އެވެ.

ޖަރުމަނުގައި ހޫނުން ސަލާމަތްވާން މަގުމައްޗަށް ފެން ޖަހަނީ -- ރޮއިޓާސް

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ "ހީޓްވޭވް" ގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވިއްޖެ އެވެ. 

ކޮންމެ އަހަރެއްގެވެސް ހަރީފު މޫސުމާ ދިމާކޮށް ހޫނުކަން ޔޫރަޕަށް ވެރިވިނަމަވެސް މި އަހަރު ހޫނުގެ އަސަރު ވަނީ އާދަޔާ ހިލާފަށް ގަދަވެފަ އެވެ. 

ދުނިޔޭގެ މަޝްހޫރު ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ވިލާތުގެ ގައުމުތަކަށް މިހާރު ކުރިމަތިވަމުންދާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އިންޒާރު ކުރައްވާފަ އެވެ. ހޫނުގަދަވަމުންދާއިރުމ ޖަރުމަނުވިލާތް، ޕޮލެންޑް އަދި ޗެކް ރިޕަބްލިކް ފަދަ ގައުމުތަކުގައި އިއްޔެ ވަނީ ފިނިހޫނުމިނުގެ އާ ރެކޯޑު މިންވަރަށް މަތިވެފަ އެވެ. 

މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިމަހުގެ 21 ގެ ފަހުން ވިލާތުގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ،.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ސިފަކުރެއްވި ގޮތުގައި ހޫނުގެ ސަބަބުން ކުރިމަތިވާ މި ނުރައްކާތައް ޔޫރަޕަށް ވަނީ އިތުރުވެ ވަނީ ކެތް ނުކުރެވޭ މިންވަރަށް މަތިވެފަ އެވެ. އަދި މީގެ ސަބަބަކީ ވިލާތުގެ ގޭބިސީތަކާއި، މަސައްކަތްކުރާ ތަންތަނާއި ސްކޫލްތަކަކީ މިފަދަ މަތީ ފިނިހޫނުމިނަކަށް ކެތްކުރެވޭ ގޮތަށް ބިނާކޮށްފައިވާ ތަންތަނަށް ނުވުމެވެ.

ބުދަ ދުވަހުން ފެށިގެން މިހާތަނަށް އާންމުކޮށް މަރުވާ މިންވަރަށްވުރެ 1,000 އެއްހާ މީހުން އިތުރަށް މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. މީގެތެރެއިން ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި ގޭގައި ތިއްބާ މަރުވި މީހުންގެ އަދަދު 40% އިތުރުވެފައިވެ އެވެ. މީގެ އިތުރުން، ހޫނުން ސަލާމަތްވުމަށް ކޮންޓްރޯލެއް ނެތް ފެންގަނޑުތަކަށް އެރުމުގެ ތެރޭގައި 74 މީހަކު ވަނީ ގެނބިގެން މަރުވެފަ އެވެ. ޖަރުމަނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ކޮސްޗެންއަށް 41.7 ޑިގްރީ ސެލްސިއަސް ރެކޯޑު ކުރެވިފައިވާއިރު، މިއީ ޖަރުމަނުގެ ތާރީޚުގައިވެސް އެންމެ ހޫނުގަދަވި ދުވަހެވެ.

ފްރާންސުގެ އުތުރުގައި އޮންނަ ޑޮކްސަނީއަށް ފިނިހޫނުމިން 41.1 ޑިގްރީ ސެލްސިއަސްއަށް މަތިވެ، އާ ރެކޯޑެއް ވަނީ ހަދާފައެވެ.
ޕޮލެންޑުގެ ސްލޫބީސް ނަމަކަށް ކިޔާ ރަށަކަށް ފިނިހޫނުމިން 40.5 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.