ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ދިރާސާކުރުމަށްފަހު، އެ ބިލަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ދުންފަތުގެ ޑިއުޓީ ކުޑަ ކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދުންފަތުން ނަގާ ޑިއުޓީ 4ރ. އަށް ކުޑަކުރުމަށެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައި އިތުރަށް އިސްލާހު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި 30 ޕަސެންޓް ނެގުމަށެވެ.

އަދި ދުންފަތުން ދުރުހެލިވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެތަކެތިން ޑިއުޓީ ނުނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.

މި އިސްލާހާއެކު މި އަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިގޮތުން، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހުތައް ގެނެސްފިނަމަ އަންދާޒާކުރި އަދަދާ އަޅާބަލާއިރު 21 މިލިޔަން ރުފިޔާ ދަށްވާނެ ކަމަށް ބުނެފައިވެ އެވެ.

ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ބިލަކަށްވާތީ، އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ދިރާސާކުރުމަށްފަހު، އެ ބިލަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ޑަބްލިޔުއެޗްއޯގެ ވެސް ލަފާގެ މަތިންނެވެ. އަދި މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެހެން ގައުމުތަކުން ވެސް ބޭނުންކުރާ އުކުޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން އޭރު ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކުރީ ރާއްޖޭގައި ވޭޕް މަނާކުރުމާއެކު، އޭރު ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓް ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.