ޑީބީއެމްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ވާހަކަ ދޮގު ކުރައްވައިފި

ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑީބީއެމްގެ 80 ޕަސެންޓް 10 މިލިއަން ޑޮލަރަށް ވިއްކާލާފައިވާ ކަމަށެވެ. އެ ހިއްސާ ވިއްކާލީ ޖޭޕީ މޯގަން ކުންފުންޏަށެވެ.

ޑީބީއެމް ހުޅުވުމުގެ ހަފްލާ ތެރެއިން--ފޮޓޯ: މިހާރު

ޑިވަލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޮޑު ހިއްސާއެއް ބޭރު ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑީބީއެމްގެ 80 ޕަސެންޓް 10 މިލިއަން ޑޮލަރަށް ވިއްކާލާފައިވާ ކަމަށެވެ. އެ ހިއްސާ ވިއްކާލީ ޖޭޕީ މޯގަން ކުންފުންޏަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ ހަގީގަތެއްތޯ ރައީސް އާ ސުވާލު ކުރުމުން އެމަނިކުފާނު އެކަން ދޮގު ކުރެއްވި އެވެ. 

"ޑިވަލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކަންކަމަކީ އެއީ ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަން އާ ގުޅުވައިގެން ދެކެވޭ ވާހަކައަކީ ވެސް ހަގީގަތެއް ނޫން." ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ޑީބީއެމް އުފައްދާފައި ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.