އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނު ކުރަން މަޖިލީހަށް

އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، މަޖިލީހުގެ ރިޔާސަތުން ވަނީ ފޮނުއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މުހައްމަދު ޝަކީލަށް އީސީގެ މެމްބަރު ކަމުގެ ފަތްކޮޅު އަރުއްވަނީ --

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމަށް، އެ ކޮމިޝަންގެ މެމްބަރު ކަމަށް މިދިޔަ ހަފްތާ އައްޔަނު ކުރި މުހައްމަދު ޝަކީލް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަދި ޕީއެންސީގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ޝަކީލް، އީސީގެ ރައީސްގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އެ ސިޓީގައި ރައީސް ހުށަހަޅުއްވާފައި ވަނީ ޝަކީލްގެ ނަން އެކަންޏެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، މަޖިލީހުގެ ރިޔާސަތުން ވަނީ ފޮނުއްވާފަ އެވެ.

އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.