ޑޮކިއުމެންޓްރީއާ ގުޅޭ ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ސިއްރު

ބާ ކައުންސިލުން ވެސް ތަދައްހުލްވެފައިވާ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 އަށް ހައިކޯޓުގައި ތާވަލުކޮށްފައިވެ އެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.

ހައިކޯޓުގެ ނަން ބޯޑު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތުހުމަތުކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީ އާންމު ނުކުރުމަށާއި އޭގެ ވާހަކަ ނުދެއްވުމަށް ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ސިއްރުކޮށްފި އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ވަނީ، 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށެވެ.
 
އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ، އެ ޑޮކިއުމެންޓްރީއާ ގުޅިގެން ދައުވާކޮށްފައިވާ 'އަދަދު' ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އެވެ. 

ބާ ކައުންސިލުން ވެސް ތަދައްހުލްވެފައިވާ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 އަށް ހައިކޯޓުގައި ތާވަލުކޮށްފައިވެ އެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.

އެ އަމުރާ ހިލާފުވެގެން 'އަދަދު'ގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށްވެސް ލައިފަ އެވެ. ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ދެ ނޫސްވެރިން މިހާރު ވަނީ މިނިވަންވެފަ އެވެ.

ޑޮކިއުމެންޓްރީ އާންމުކުރި މައްސަލައިގައި ފިޔާޒުގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުލަތުން ވަނީ ގަޒުފުގެ ދައުވާ ކޮށްފަ އެވެ. އެމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުން ވަނީ ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.