އޭޕްރީލް އަދި މޭ މަހު ޑޮލަރުގެ އާމްދަނީ ބޮޑުތަނުން ދަށް

ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރުގެ މާޗް މަހު ލިބިފައިވަނީ 158.4 މިލިއަން ޑޮލަރެވެ.

ވީއައިއޭއަށް އައި ޓޫރިސްޓުންތަކެއް : ޓޫރިޒަމް ޑެއިލީ އެރައިވަލް ވަނީ އިތުރުވެފަ -- އެމްއޭސީއެލް

ދައުލަތުގެ މާލީ އިދާރާ (މީރާ) އަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޮޑުތަނުން އިތުރުވުމަށްފަހު، އޭޕްރީލް އަދި މޭ މަހު ދަށްވެފައިވާކަން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑޮލަރުގެ އާމްދަނީ ލިބިފައިވަނީ މާޗް މަހުގަ އެވެ. ނަމަވެސް ފަތުރުވެރިކަމުގެ ހައި-ސީޒަން ނިމުމަކަށް އައުމާއެކު ޖެހިގެން އައި މަސްތަކުގައި ވަނީ އާމްދަނީ ދަށްވާން ފަށާފަ އެވެ.

މި އަހަރު މަހުން މަހަށް ޑޮލަރުގެ ޖުމްލަ އާމްދަނީ

  •  ޖަނަވަރީ: 134,429,048 ޑޮލަރު
  •  ފެބުރުވަރީ: 200,479,101 ޑޮލަރު
  •  މާޗް: 205,173,291 ޑޮލަރު، މި އަހަރުގެ އެންމެ މަތީ ސުންގަޑި
  •  އޭޕްރީލް: 120,701,847 ޑޮލަރު
  •  މޭ: 88,534,254 ޑޮލަރު

މި ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި 2025 ވަނަ އަހަރުގެ މާޗް މަހު ލިބިފައިވަނީ 158.4 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއަހަރުގެ މާޗް މަހުގެ އާމްދަނީ ވަނީ ފާއިތުވި އަހަރަށްވުރެ 46.7 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. ނަމަވެސް، މިއަހަރުގެ މޭ މަހު ލިބުނު 88.5 މިލިއަން ޑޮލަރަކީ 2025 ވަނަ އަހަރުގެ މޭ މަހު ލިބުނު 120.4 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 26.4 އިންސައްތައިގެ ދަށްވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.