މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ސްކޮލަރޝިޕް 2026 އަށް ކުރިމަތިލުމުގެ ސުންގަޑި މިމަހުގެ 30 ގައި ހަމަވާނެ އެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މިއަހަރުގެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
• އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް)
• ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެކި ދާއިރާތަކުން)
• އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީ
• އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ
ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަރޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުންނެވެ.
އެމްއެމްއޭއިން ވަނީ ފުރުސަ ތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސްކުރަމެވެ.