ރިޓަޔާ ކޮށްފައިވާ ފުލުހުންނަށް ދޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް

ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާ ކުރުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު --

ފުލުހުންގެ ހިދުމަތުން ރިޓަޔާކުރާ ފަރާތްތަކުން ދޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު މުހައްމަދު އިއުލާނު ކުރައްވައިފި އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާ ކުރުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށް ސީޕީ ވިދާޅުވެފައިވެ އެވެ.

ސީޕީ ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާ އާއި މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީ އާއި ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނަގަޅު ކުރުމަށް ވަސީލަތްތަކާ މީހުން ތަމްރީނު ކުރުން ފަދަ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.