ޕީޖީން އަންގައިފި ނަމަ އޭސީސީން ތަހުގީގު އަވަސްކުރަން ޖެހޭ ގޮތް ހަދައިފި

ވަކި މުއްދަތެއް ދީފައި ނުވާނަމަ އަމުރު ކުރާތާ ހަތް ދުވަސް ތެރޭގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ

އޭސީސީގެ ރައީސް--ފޮޓޯ: މިހާރު

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އަމުރު ކޮށްގެން ތަހުގީގު ކުރާ މައްސަލަތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާއްސަ އިސްކަމެއް ދޭން ޖެހޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދެއް އިސްލާހު ކޮށްފި އެވެ.

ގެޒެޓުގައި މިއަދު ޝާއިއު ކުރި "އޭސީސީގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު" އަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ތަހުގީގު ކުރުމަށް ޕީޖީ އޮފީހުން އަމުރު ކޮށްފި ނަމަ ހާއްސަ އިސްކަމެއް ދީގެން އަވަހަށް ތަހުގީގު ނިންމަން ޖެހޭނެ ކަމަށެވެ. 

ޕީޖީން ތަހުގީގު ކުރުމަށް އަމުރު ކުރާ މައްސަލަ އޭސީސީގައި ކުރިން ރަޖިސްޓްރީ ކޮށްފައި ނެތް ނަމަ އެ މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީ ކުރަން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން އޭސީސީ އަށް އެންގުމެއް އަންގައިފި ނަމަ އެ އެންގުމަކާ ގުޅިގެން އަމަލު ކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ނަމަ ރަސްމީ ހަތް ދުވަސް ތެރޭގައި އޭސީސީން ޕީޖީ އޮފީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެ މުއްދަތަށް ޖަވާބުދާރީ ނުވެވޭނަމަ މުއްދަތު ހަމަވުމުގެ ކުރިން ލިޔުމުން ޕީޖީ އޮފީހަށް އަންގަން ވާނެ ކަމަސް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން އޭސީސީ އަށް މައްސަލަ ހުށަހެޅޭނީ ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕީޖީ އޮފީހަށެވެ ނަމަވެސް މިއަދު ގެނައި އިސްލާހުގައި ބުނާ ގޮތުން ދައުލަތުގެ އިދާރާތަކަށް ވެސް އޭސީސީ އަށް މައްސަލަ ހުށަހެޅޭނެ އެވެ.

މި ގަވާއިދުތައް އަމަލު ކުރަން ޖެހޭނީ ގެޒެޓު ކުރާތާ ދެ މަސް ފަހުން ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.