ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާއިރު ރޭއައި ކޮޅިގަނޑުގައި ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުޑަދޮރުތަކުން ފެން ލީކުވެފައިވާތީ ބައެއް ފަރާތްތަކުން ވަނީ ޝަކުވާކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަށައި، މި ވެރިކަމުގައި ހަވާލުކުރި "ފަހި ދިރިއުޅުން" ކުންފުނީގެ ފްލެޓުތަކުގެ ދޮރުތަކުންވެސް ފެން ލީކުވުމުގެ މައްސަލަ ނުކުމެއްޖެ އެވެ.
ރާއްޖެއަށް މޫސުން ގޯސްވެ، ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާއިރު ރޭއައި ކޮޅިގަނޑުގައި ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުޑަދޮރުތަކުން ފެން ލީކުވެފައިވާތީ ބައެއް ފަރާތްތަކުން ވަނީ ޝަކުވާކޮށްފަ އެވެ. އަދި މީހުން ވަތްތާ އަހަރެއް ނުވާ މި ފްލެޓުގައި ދިރިއުޅޭ މީހަކު ސޯޝަލް މީޑިއާގައި ވީޑިއޯއަކާއެކު ހިއްސާކޮށްފައިވާ ގޮތުގައި "ވިއްސާރައިގަ ފަހި ދިރިއުޅުން ފްލެޓްތަކުގަ އުޅޭ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފް ބޮޑު" ކަމަށް ލިޔެފައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ފޭސް ދޭއެއްގައި ދެ ސައިޒެއްގެ ފްލެޓު އަޅާފައިވެ އެވެ.
ރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި 4000 ފްލެޓް ލިބޭ މީހުން އެ ސަރުކާރު ނިމުމުގެ ކުރިން އޮތީ ކަނޑައަޅައިފަ އެވެ. މި ސަރުކާރުން އެ ލިސްޓު ބާތިލުކޮށް، މިދިޔަ ފެބްރުއަރީ މަހު ވަނީ އާ ލިސްޓެއް ނެރެފަ އެވެ. އެ ލިސްޓުގައި ފުލެޓް ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހުންނެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، މިހާރު ނިންމާފައި ވަނީ ކުރީގެ ލިސްޓަށް ފުލެޓް ދިނުމަށެވެ.