ކަނޑަށް ވެއްޓުނީ ހުސް ކޮންޓެއިނަރުތަކެއް

މިރާއަށް އެނގިގައިވާ ގޮތުގައި އެމްޕީއެލްގެ ބާޖެއްގައި ބަހައްޓާފައި ހުއްޓައި މޫސުން ގޯސްވެގެން ކަނޑަށް ފުރޮޅާލާފައިވަނީ ފަސް ކޮންޓެއިނާ އެވެ. މީގެ ތެރެއިން ތިން ކޮންޓެއިނާ އަދިވެސް ނުފެނެ އެވެ.

އެމްޕީއެލް ތިލަފުށީ އެމްޓީ ކޮންޓެއިނާ ޔާޑުގައި ކޮންޓެއިނާތައް އަތުރަނީ -- އެމްޕީއެލް

އެމްޕީއެލްގެ ބާޖެއްގައި ހުއްޓައި މޫސުން ގޯސްވެގެން ރޭ ކަނޑަށް ވެއްޓިފައިވަނީ ހުސް ކޮންޓެއިނަރުތަކެކެވެ.

ދަ މިރާއަށް އެނގިގައިވާ ގޮތުގައި އެމްޕީއެލްގެ ބާޖެއްގައި ބަހައްޓާފައި ހުއްޓައި މޫސުން ގޯސްވެގެން ކަނޑަށް ފުރޮޅާލާފައިވަނީ ފަސް ކޮންޓެއިނާ އެވެ. މީގެ ތެރެއިން ތިން ކޮންޓެއިނާ އަދިވެސް ނުފެނެ އެވެ. 

މާލެ ސަރަހައްދަށް ގަދަވަޔާއެކު ރޭ އައިކޮޅިގަނޑުގައި މި ކޮންޓެއިނަރުތައް ވެއްޓިފައިވަނީ މުދާ ހުސްކުރުމަށްފަހު ކޮންޓެއިނަރު ޔާޑަށް ގެންނަން އެމްޕީއެލްގެ ބާޖެއްގައި ބަހައްޓާގައި ހުއްޓަށެވެ. އެމްޕީއެލްއިން ދަނީ ތިލަފުށީގައި ހުސްކޮންޓެރިނާ ބަހައްޓާނެ ޔާޑެއް ހިންގަމުންނެވެ. 

ފުލުހުން މިއަދު ބުނީ މި ހާދިސާގައި ޖުމްލަ ފަސް ކޮންޓެއިނަރު މޫދަށް ވެއްޓި، އޮޔާ ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

"ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

މި ކޮންޓޭނަރުތައް އޮޔާދާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ރޭ ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެ ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.