ސްކޫލް ކްލެޑިންތައް ވަނީ ނައްޓައިގެން ގޮސްފައި

ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލަށް ގެއްލުން ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ޝަހީދު އަލީ ސްކޫލުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންތައް ހުރީ ނައްޓައިގެން ގޮސްފަ އެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެ ސަރަހައްދު ބަންދު ކޮށްފަ އެވެ. އަދި ވެއްޓެން ކައިރިވެފައި ނައްޓާލައި ރައްކާތެރި ގޮތަކަށް އެތަން ހެދުމުގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ.
ސްކޫލަށް ގެއްލުންވި ނަމަވެސް ކިޔަވާ ދިނުން ހުއްޓައެއް ނުލަ އެވެ.

ޝަހީދު އަލީ ސްކޫލަކީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން 247 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އާރްސީސީ ކުންފުނިން އިމާރާތް ކުރި ސްކޫލެކެވެ.
އެ ސްކޫލް ހުޅުވާފައި ވަނީ މި އަހަރު ޖެނުއަރީ މަހުގަ އެވެ.