އިޕޮޕްކާ ސިވިލް އިންޖިއަރިން ގޯލްޑް މެޑަލް އިނޯކާއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިފޮޕްކާ ކޮންވެންޝަންގައި ދުނިޔޭގެ 19 ގައުމަކުން 350 މީހުން ބައިވެރިވެފައި ވެއެވެ. ކޮންވެންޝަންގައި ދުނިޔޭގެ މަޝްހޫރު ކޮންޓްރެެކްޓަރުން ވެސް ބައިވެރި ވެފައި ވެއެވެ.

އިނޯކާއަށް ލިބުނު އެވޯޑު ހަވާލު ކޮށްދެއްވަނީ: މިއީ ދުނިޔޭގައި ވަރަށް ޝަރަފުވެެރި އެވޯޑެއް

ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) އިން ދޭ ސިވިލް އިންޖިއަރިން އެންޑް ކޮންސްޓްރަކްޝަން ގޯލްޑް މެޑަލް ރާއްޖޭގެ އިނޯކާ ކުންފުންޏަށް ލިބިއްޖެ އެވެ.

އިމާރާތް ކުރުމާއި ކޮންޓްރެކްޓަރުގެ ދާއިރާގައި ބޮޑު މި ޖަމިއްޔާއިންގެ ކޮންވެންޝަން ނިންމަން ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާގައި ދިން ސިވިލް އިންޖިއަރިން ކޮންސްޓްރަކްޝަން ގޯލްޑް އެވޯޑު ލިބުނު އިނޯކާ ކުންފުންޏަކީ ރިސޯޓުތަކާއި ރާއްޖޭގެ ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން ގެންދާ ކުންފުންޏެކެވެ.

މި އެވޯޑު އިނޯކާ ކުންފުންޏަށް ހަވާލު ކޮށްދެއްވީ އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ. މި އެވޯޑާ ހަވާލުވެޑައިގަތީ އެ ކުންފުނީގެ އެމްޑީ ހަސަން ޝަމީމްއެވެ.

މި އެވޯޑާ ބެހޭ ގޮތުން ޝަމީމް ވިދާޅުވީ މި އެވޯޑަކީ އެ ކުންފުންޏަށް ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ އެވޯޑު ކަމަށާ، އެވޯޑު ލިބިފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެވޯޑު ދިނުމުގައި ގިނަ ކަންކަމަށް ބެލި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެޗްއާރު ކޮލިޓީ އާއި ކޮންސްޓްރަކްޝަން މެތަޑްސް އަދި މެނޭޖުމަންޓް ޕޮލިސީ ފަދަ ގިނަ ކަންތަކެއް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރޭ ބޭއްވި އެވޯޑު ހަފުލާގައި އެހެން ގިނަ އެވޯޑުތަކެއް ވެސް ދިނެވެ. އިޕޮޕްކާގެ އެންމެ ޝަރަފުވެރި އެވޯޑު ލިބިފައި ވަނީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހަށެވެ.

އެވޯޑް ލިބި ވަޑައިގެންނެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން

ކޮންވެންޝަންގައި ދިން އެހެން އެވޯޑުތައް

  • 1.ބިލްޑިން ކޮންސްޓްރަކްޝަން ގޯލްޑް މެޑަލް: އަމީން ކޮންސްޓްރަކްޝަން
  • 2.ބިލްޑިން ކޮންސްޓްރަކްޝަން ގޯލްޑް ސިލްވާ މެޑަލް: އެލިއާ ކޮންޓްރަކްޝަން
  • 3.އަސޫމީ އެވޯޑް ފޯ އާކިޓަކްޗާ: ކުރީގެ މިނިސްޓަރު މުހައްމަދު މައުރޫފު ޖަމީލް
  • 4.ޗިއޯ ކޮންސްޓްރަކްޝަން އެވޯޑް ފޯ ސިވިލް އިންޖިއަރިން : ވީއިއޭގެ އެމްޑީ މަހުޖޫބު ޝުޖާއު

ރާއްޖޭގައި ބޭއްވި އިފޮޕްކާ ކޮންވެންޝަންގައި ދުނިޔޭގެ 19 ގައުމަކުން 350 މީހުން ބައިވެރިވި އެވެ. މި ކޮންވެންޝަންގައި ދުނިޔޭގެ މަޝްހޫރު ކޮންޓްރެެކްޓަރުން ބައިވެރި ވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.