ފުލުހުން މިއަދު ބުނީ މި ހާދިސާގައި ޖުމްލަ ފަސް ކޮންޓެއިނަރު މޫދަށް ވެއްޓި، އޮޔާ ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބާޖަކުން ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން ތިން ކޮންޓޭނަރު އަދި ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭގެ ވަގުތެއްގައި ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިފައިވާތީ އެމްޕީއެލް އިން ވަނީ އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާގައި ޖުމްލަ ފަސް ކޮންޓެއިނަރު މޫދަށް ވެއްޓި، އޮޔާ ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
"ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
މި ކޮންޓޭނަރުތައް އޮޔާދާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ރޭ ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެ ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.