އެޗްޕީއޭ އިން މިއަދު ވަނީ މާލޭގައި ވެކްސިން ޖަހާނެ ތަންތަނާއި ވަގުތުތައް އާންމުކޮށްފައި

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ ހިމަބިހި ފެތުރުން ކުޑަކުރަން ޖަހާ އެމްއާރް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށް ދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރު ނުފުރޭ ކުޑަ ކުދިންނަށް ކަމަށެވެ.
މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.