"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ. ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

އަޑިއަށް ގޮސްފައިވަނީ ވ. އަތޮޅަށް ދަތުރުކުރާ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެކެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އެ ދޯނި އަޑިއަށް ގޮސްފައި ވަނީ މުދާ ބަރުކޮށްފައި ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު، ދިޔަވާން ފެށުމުން އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.
"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ. ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.