މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ: ރައީސް

އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރި ކުރުމަށާއި ހިމާޔަތް ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ގައިރު ގާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ގައިރު ގާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައި ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސޯދީ، އަހުލާގީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއް ކަމަށެވެ.

މި ދުވަހުގެ ޝިއާރަކީ "ވޯލްޑް ޑްރަގް ޕްރޮބްލަމް: ޕާސިސްޓިންގް އިޝޫސް، ނިއު ޗެލަންޖާޒް، އިނޮވޭޓިވް ރެސްޕޯންސަސް" އެވެ. ރައީސް ވިދާޅުވީ މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކުގައި ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރި ކުރުމަށާއި ހިމާޔަތް ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސްގެ މެސެޖުގައި ވިދާޅުވީ މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، މިފަހުން ގެނެވުނު ގާނޫނީ އިސްލާޙުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވެފައި ވަނީ 

ރައީސް އިތުރަށް ވިދާޅުވީ، އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.