"މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދެއްވުން އެދެން. ނުވަތަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ރިޕޯޓް ކޮށްދެއްވުން އެދެން،" ކައުންސިލުން ބުންޏެވެ.

މާލޭގެ މަގެއް މަތީގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނެއް ކޮށްފި އެވެ.
ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިސްކަންދަރުމަގުގައި ހުންނަ މއ. ސަހަރާ ކައިރީ ގޮދަޑިއެއް ބެހެއްޓި މީހާ ހޯދުމުގެ މަސައްކަތް ކުރަކުމްދާ ކަމަށެވެ.
"މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދެއްވުން އެދެން. ނުވަތަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ރިޕޯޓް ކޮށްދެއްވުން އެދެން،" ކައުންސިލުން ބުންޏެވެ.
ކައުންސިލުން އިތުރަށް ބުނެފައި ވަނީ މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މާލޭގެ މަގުތައް މަތީ ބޮޑެތި ފުނި ފުންޏަށް ކުނި ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް ހުންނަ ކުނި ބުނި، ކައުންސިލުން ނުކުމެ ސާފުވެސް ކުރެ އެވެ.