އިއްޔެ ހަވީރު ހިނގި މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އިއްޔެ ހަވީރު ހިނގި މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނީ، ތަޅުދަނޑި ޖަހާފައި އިންދައި އެކުއްޖާ ބަގީއަށް އަރައި އަމިއްލައަށް ދުއްވީ ކަމަށެވެ. ބަގީ ދުއްވާލި ވަގުތު އޭތި ކޮންޓްރޯލް ނުވެގެން ގޮސް، އެރަށު ފަޅުތެރެއަށް ވެއްޓުނީ އެވެ.
މޫދަށް ވެއްޓުނު ވަގުތު އެކުއްޖާ ވަނީ އެރަށު ފަޅުތެރޭގައި އޮތް އޮތް ދޯންޏެއްގައި ޖެހި ޒަހަމްވެސް ވެފަ އެވެ.
އެކުއްޖާ މަރުވެފައި ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކުއްޖާގެ ޖަނާޒާ، ރޭ ވަނީ ބާއްވާފަ އެވެ.