މީރާގެ ރިޕޯޓުން ކަންބޮޑުވުން | ބޮޑު މުސާރައިގެ ބޮޑުބައި ބިދޭސީންގެ އަތްމަތީގައި

މި ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ 24,011 މުވައްޒަފުންގެ ތެރެއިން ބިދޭސީންގެ ނިސްބަތް ވަނީ % 53.3 ނުވަތަ (12,787 މުވައްޒަފުން) އަށް އިތުރުވެފަ އެވެ. ދިވެހިންގެ ނިސްބަތް ހުރީ 46.7% ނުވަތަ 11,224 މުވައްޒަފުންގަ އެވެ.

ޓޫރިޒަމް މުވައްޒަފުން ތުނބުޅި މައްސަލާގައި މާލޭގައި މުޒާހަރާ ކުރަނީ -- ފޮޓޯ ޓީމް

ދައުލަތުގެ ޓެކްސް އިދާރާއިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން  މަހަކު 60,000ރ. މަތިން ބޮޑު މުސާރަ ލިބޭ މީހުންގެ އަދަދުގެ ލިސްޓަށް ބިދޭސިން އިތުރުވަމުންދާ ކަމަށް ދައްކައިފި އެވެ. 

މީރާއިން ނެރުނު މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް (އީޑަބްލިއުޓީ) ނުވަތަ ވަޒީފާދޭ ފަރާތުން މުވައްޒަފުންނަށް ނުވަތަ ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ޕާޓްނާޝިޕްތަކުގެ ޕާޓްނަރުންނަށްދޭ މުސާރަ އާއި އިނާޔަތްތަކުން އުނިކުރާ ޓެކްސް ދައްކާ ގޮތުން މި ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ 24,011 މުވައްޒަފުންގެ ތެރެއިން ބިދޭސީންގެ ނިސްބަތް ވަނީ % 53.3 ނުވަތަ (12,787 މުވައްޒަފުން) އަށް އިތުރުވެފަ އެވެ. ދިވެހިންގެ ނިސްބަތް ހުރީ 46.7% ނުވަތަ 11,224 މުވައްޒަފުންގަ އެވެ. 

މީގެ މާނައަކީ ކޮބާ؟ - ރާއްޖޭގައި މަހަކު 30,000ރ. މަތީގެ މުސާރަ ލިބިގެން ރަޖިސްޓްރީވާންޖެހޭ ފެންވަރުގެ ރަނގަޅު ވަޒީފާތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފުރުސަތު ކޮންޓްރޯލް ކުރަމުންދަނީ ބިދޭސީން ކަމެވެ. މި ހިސާބުތަކުން ސާފުވަނީ، ރާއްޖޭގެ އިޤްތިސޯދުން އުފެދޭ އެންމެ މަތީ ފަންތީގެ މާލީ މަންފާ ލިބޭ ވަޒީފާތަކުގެ ބޮޑުބައެއް ދިވެހި ޒުވާނުންނަށް ގެއްލި، ބޭރުގެ މީހުން އެ ފުރުސަތު އަތުލަމުންދާ ކަމެވެ۔ މީގެ އިތުރުން އެންމެ ބޮޑު ކަންބޮޑުވުމަކީ މަހަކު 200,000 ރުފިޔާއަށްވުރެ މަތީގެ އެންމެ މަތީ މުސާރަ ލިބޭ ބްރެކެޓަށް ބަލާއިރު މި ފަންތީގައި 2,246 ބިދޭސީ މުވައްޒަފުން ތިބިއިރު، ދިވެހިންގެ އަދަދަކީ އެންމެ 1,101 އެވެ۔ މިއީ ދެގުނަ އަށް ވުރެ ވެސް ބޮޑު ތަފާތެކެވެ۔

މި ބޮޑު މުސާރަ ލިބޭ ވަޒީފާތަކުން ހިފަހައްޓާފައިވާ ޖުމްލަ ޓެކްސްގެ ޢަދަދަށް ބަލާއިރުވެސް، ބިދޭސީންގެ އަތުން ހިފެހެއްޓި ޓެކްސްގެ ޢަދަދު ދިވެހިންނަށް މަތީގަ އެވެ۔ ބިދޭސީންގެ އަތުން ނެގި ޓެކްސްގެ މިންވަރު ހުރީ 47,565,587 ރުފިޔާ (50.57%) ގަ އެވެ. އަދި ދިވެހިންގެ އަތުން ނެގި ވިތްހޯލްޑިވްސް ޓެކްސްގެ މިންވަރު ހުރީ 46,487,565 ރުފިޔާ ނުވަތަ 49.43% ގަ އެވެ. 

ވިތުހޯލްޑިން ޓެކްސްގެ ހިސާބުތަކެއް

  • ޖުމްލަ މުވައްޒަފުން - 24,011
  • ޖުމްލަ ވަޒީފާދޭ ފަރާތްތައް - 803 (މީގެ ތެރެއިން 85% އަކީ އަމިއްލަ ކުންފުނިތައް)
  • ގައުމު - ދިވެހިންނާއެކު ތަފާތު 141 ގައުމެއްގެ މީހުން
  • ދިވެހިންނާއި ބިދޭސީން - ދިވެހިން 46.7% (11,224) | ބިދޭސީން 53.3% (12,787)
  • ޖިންސު - ފިރިހެން 79% (18,909) | އަންހެން 21% (5,102)

މި ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާ އިން ވިތުހޯލްޑިވްސް ޓެކްސްގެ ގޮތުގައި 58% އަކީ ހިއްސާ ކުރާއިރު މި ދާއިރާއިން ދެއްކި ޓެކްސް އަދަދު ހުރީ 49.4 މިލިއަން ރުފިޔާގަ އެވެ. އަދި އަމިއްލަ ކުންފުނިތަކުގެ ޖުމްލަ ކަލެކްޝަންގެ 88% އަކީ އަމިއްލަ ކުންފުނިތަކުން 74 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ. އަދި ދިވެހި ދިރިއުޅޭ ފަރާތްތަކުގެ 57,581,106 ރުފިޔާ ޓެހުގެ ގޮތުގައި ދެއްކި އެވެ. އަދި ވަގުތީގޮތުން އުޅޭ ފަރާތްތަކުގެ 29,507,611 ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ. ރާއްޖޭގައި ދިރިނޫޅޭ ފަރާތްތަކުގެ 6.9 މިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.