މާފުށި މަންތާ އައިލެންޑުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް

މާފުށި ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އިސްލާމިކް މިނިސްޓްރީން އެދުނު ގޮތަށް ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިމެއް ކަނޑައަޅަން ނިންމާފަ އެވެ.

މާފުށި ކައުންސިލްގެ ބައްދަލުވުމެއް -- މާފުށި ކައުންސިލް

މާފުށި ރައްޔިތުން ދިރިއުޅުން އަލަށް ހިއްކި މަންތާ އައިލެންޑުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހަދަން ބިމެއް ދޭން ނިންމައިފި އެވެ. 

މާފުށި ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އިސްލާމިކް މިނިސްޓްރީން އެދުނު ގޮތަށް ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިމެއް ކަނޑައަޅަން ނިންމާފަ އެވެ. އެ ކައުންސިލުން އާއްމުކުރި ޗާޓުގައިވާ ގޮތުން މި މަރުކަޒު އަޅަނީ އެ ރަށުގެ މެދުތެރޭގަ އެވެ. 

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ އެއް ރަށެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.