އެމްޕީއެލްއިން މިދިޔަ ހަފުތާ 36,943.31 ފްރެއިޓް ޓަނުގެ މުދާ ނެރެފި

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20-14 ގެ ނިޔަލަށް ކޮންޓޭނަރު އާގު ބޯޓުފަހަރާއި ޖެނެރަލް ކާގޯ ބޯޓު ފަހަރުން ޖުމްލަ 36,943.31 ފްރެއިޓް ޓަންގެ މުދާ ވަނީ ކްލިއަ ކޮށްފައެވެ.

މާލެ ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ މަސައްކަތް ކުރަނީ -- އެމްޕީއެލް

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ މަސައްކަތް ހަލުވިކޮށް، މިދިޔަ ހަފުތާ 36,943.31 ފްރެއިޓް ޓަނުގެ މުދާ ނެރެފި އެވެ. 

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20-14ގެ ނިޔަލަށް ކޮންޓޭނަރު އާގު ބޯޓުފަހަރާއި ޖެނެރަލް ކާގޯ ބޯޓު ފަހަރުން ޖުމްލަ 36,943.31 ފްރެއިޓް ޓަންގެ މުދާ ވަނީ ކްލިއަ ކޮށްފައެވެ.

މުދާ ކްލިއަ ކުރި ގޮތުގެ ތަފުސީލެއް

  •  ކޮންޓޭނަރު ވެސަލް - ޖުމްލަ 34,310.40 ފްރެއިޓް ޓަނުގެ މުދާ (1,230 ކޮންސައިންމަންޓް)
  •  ޖެނެރަލް ކާގޯ ވެސަލް - ޖުމްލަ 2,632.91 ފްރެއިޓް ޓަނުގެ މުދާ (485 ކޮންސައިންމަންޓް)

މި ހިސާބުތައް ދައްކާ ގޮތުން ޖުމްލަ ގޮތެއްގައި މިދިޔަ ހަފުތާގައި ދެ ބާވަތުގެ ބޯޓު ފަހަރުން 1,715 ކޮންސައިންމަންޓެއް ވަނީ ކާމިޔާބުކަމާއެކު ބަނދަރުން ކްލިއަ ކޮށްފައެވެ.

މި މުއްދަތުގައި ރާއްޖެ އަށް ބޯޓުފަހަރު އައުމާއި ފުރުމުގެ ހަރަކާތްތަކަށް ބަލާއިރު، ޖުމްލަ ތިން ކޮންޓޭނަރު ބޯޓާއި ހަތް ޖެނެރަލް ކާގޯ ބޯޓު ރާއްޖެއަށް އައިސްފައިވެ އެވެ. އަދި މި މުއްދަތުގައި އެއް ކޮންޓޭނަރު ބޯޓާއި ފަސް ޖެނެރަލް ކާގޯ ބޯޓު ވަނީ ފުރާފަ އެވެ.

ކޮންޓޭނަރުގެ ޖުމްލަ މޫވްމަންޓް

  • އަންލޯޑް ކުރި - 1,556 ޓީޔޫއެސް
  • ލޯޑް ކުރި - 1,687 ޓީޔޫއެސް

މި ހިސާބުތައް ދައްކާ ގޮތުން ކޮންޓޭނަރުގެ ޖުމްލަ މޫވްމަންޓް ނުވަތަ ތުރޫޕުޓް ހުރީ 20 ފޫޓުގެ 3,243 ޓީޔޫއެސްގަ އެވެ. 

އެމްޕީއެލް އިން ދަނީ ރާއްޖެއަށް އެތެރެކުރާ މުދާ ބަނދަރުން ނެރުމާއި ކްލިއަރެންސް މަރުހަލާތައް އަވަސްކުރުމަށް އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މުދާ ކްލިއަރެންސްގެ މަސައްކަތްތައް ހަލުވި މިނެއްގައި ހިފެހެއްޓުމަކީ ބާޒާރުގައި މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ލިބޭ ބޮޑު ބާރަކަށްވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.