ގަތަރު ސަފީރަކަށް އާދަމް ޝަރީފް، ޔޫއޭއީ ސަފީރަކަށް ތޯރިގު އައްޔަނު ކުރައްވައިފި

ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އާދަމް ޝަރީފާއި ތޯރިގު ސަފީރު ކަމަށް އައްޔަނު ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން --

ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރާއްޖޭން ގަތަރަށް ކަނޑައަޅާ ސަފީރުކަމަށް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ޔޫއޭއީގެ ސަފީރު ކަމަށް މިއަދު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ތޯރިގާއި އާދަމް ޝަރީފަކީ މި ސަރުކާރުން ފުރަތަމަ އެކުލަވައިލި 22 މިނިސްޓަރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަށް މަގާމުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އެ ދެ ބޭފުޅުން ހިމެނެ އެވެ.

އޭގެފަހުން، އެ ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.

އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އަދި ތޯރިގު ޔޫއޭއީގެ ސަފީރަކަށް އައްޔަނުކުރުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ، އެ ދެ ބޭފުޅުން ތައުލީމާއި ތަޖުރިބާއަށް ރިއާއަތްކޮށް، އިންޓިވިއު ކުރުމަކާ ނުލައި އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަކަމަށް ނިންމައިފަ އެވެ.

މަޖިލީހުގެ ތަޅުމުން ދެ ބޭފުޅުންނަށް ރުހުން ދީފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ޔޫއޭއީގެ ސަފީރުކަމުގެ މަގާމު ހުސްވީ، އެ ގައުމުގައި ސަފީރަކަށް ހުންނެވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކުއްލި ގޮތަކަށް ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަނު ކުރެއްވުމުންނެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ވަނީ އުފައްދައިފަ އެވެ. އާދަމް ޝަރީފަކީ އެ އެމްބަސީ އުފެއްދިފަހުން އައްޔަނު ކުރި ފުރަތަމަ ސަފީރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.