ބޭރުގައި ކިޔާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް ދެނީ

އެ ލިމިޓް ލިބޭނީ ދަރިވަރުން އެކަމަށް އެދި ބޭންކަށް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ކާޑަކުން މުއާމަލާތް ކުރަނީ

ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމުން ކާޑަށް ލިމިޓެއް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ލިމިޓެއް ދޭން ނިންމާފައިވާ ކަމަށެވެ. އެ ލިމިޓް ލިބޭނީ ދަރިވަރުން އެކަމަށް އެދި ބޭންކަށް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ކާޑަށް ލިމިޓް ދެމުންދާ ކަމަށެވެ.

ބީއެމްއެލް އިން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ.

އެގޮތުން ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް މަހަކު 1،200 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅާފަ އެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ކިޔެވުމާ ގުޅުންހުރި އެހެނިހެން ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން މިހާރު ހަޔާ އެޑިއުކޭޝަން ގާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.