ރާއްޖޭގެ ޖުމްލަ ރިޒާވްގައި 717.9 މިލިއަން އެމެރިކާ ޑޮލަރު

މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ މާރިޗު މަސް ނިމުނުއިރު ރިޒާވް ހުރިވަރާ ބަލާއިރު މަދުވުމެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ

ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 717.9 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ދައްކައިފި އެވެ. 

އެމްއެމްއޭ އިން އާންމުކޮށްފައިވާ އިގްތިސާދީ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ މާރިޗު މަސް ނިމުނުއިރު ރިޒާވް ހުރި 1.3 ބިލިއަން ޑޮލަރާ އަޅާބަލާއިރު 46 ޕަސެންޓްގެ ދަށްވުމެކެވެ. 

މި ދަށްވުން އައި ސަބަބަކީ ޓޫރިޒަމް ހީނަރުވުމާއެކު ރާއްޖެއިން ބޮޑު ދަރަނި ދެއްކުމެވެ. ސަރުކާރުން ވަނީ ރިޒާވްގެ ފައިސާ ހިމެނޭހެން 500 މިލިއަން ޑޮލަރުގެ ސްކޫކް އަދާކޮށްފަ އެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިހާރު ރިޒާވް ހުރި މިންވަރަކީ މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރި 856.3 މިލިއަން ޑޮލަރާ އަޅާބަލާއިރު، މިއީ 138.4 މިލިއަން ޑޮލަރުގެ މަދުވުމެކެވެ. މިއާއެކު، އަހަރުން އަހަރަށް ބަލާ ރިޒާވްގެ ކުރިއެރުން ވަނީ 16 ޕަސެންޓްގެ ދަށްވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.