ބީއެމްއެލްއިްނ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ އަހަރީ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފަ އެވެ.

ގައުމީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ޕްރޮގްރާމުގެ ދަށުން 2017 އިން ފެށިގެން މިހާތަނަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދީފި އެވެ،
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ އަހަރީ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ. އަދި 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް ރާއްޖޭގެ 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދެވިފަ އެވެ.
ބޭންކުން މިފަހަރު ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، ގިނަ ބަޔަކަށް ބައިވެރިވެވޭނެހެން (އިންކްލޫސިވްކޮށް) މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފަ އެވެ.
މިގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް އަލަށް ތައާރަފްކޮށް ހަދިޔާކޮށްފައެވެ . މި ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ .
މި ޕްރޮގްރާމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާ ގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ . މީގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ .