އަބްދުﷲ ރަޝީދު ތަރައްގީ ކުރެއްވި ދެ ރިސޯޓުގެ ތެރެއިން ނިކަ ރިސޯޓް މިހާރުވެސް ވެފައިވަނި ދިވެހިންގެ މަސައްކަތްތެރިކަމާއި ފަރުމާ ކުރުން ފެންނަން ހުރި އެއް ރިސޯޓަށެވެ،

އިއްޔެ ނިޔާވި ސިއްކަގޭ އަބްދުﷲ ރަޝީދު (އުނިމާގެ) އާމެދު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މަޝްހޫރު ފަރާތެއް ކަމަށްވާ ޝާޒް ވަލީދު ލިޔުއްވާފައިވެ އެވެ. އެއީ ޒަމާންވީ އެކުވެރިއެއް، ފަތުރުވެރިކަމުގެ ދާއިރާގެ މުދައްރިސެއް، މަގު ދައްކުވައިދިން ފަންނީ މާހިރެކެވެ. އަލައް މިދާއިރާ އައް ނިކުމެ އުޅުނު އިރު ވެސް ގާތްކަން ބެހެއްޓި ވަރައް ހިތްހެޔޮ އޯގާތެރި އެކެވެރި އެކެވެ. އަބަދުވެސް އެ މީހެއްގެ މަތިން ހަނދާން އާވާނެ ފަރާތެކެވެ. އެއީ އިޓަލީ މާކެޓުގެ މޭސްތިރިއެކެވެ. ފަންނީ ކުޅަދާނަ ފަންނުވެރި އެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއާ ތިމާގެ ސިއްކަގޭ އަބްދުﷲ ރަޝީދު ނުވަތަ ޓޫރިޒަމް ސިނާއަތު ނުވަތަ ގިނަ ބަޔަކަށް އެނގޭ ގޮތުންނަމަ ނިޔަ އަބްދުﷲ ރަޝީދަކީ ރާއްޖޭގެ ޓޫރިޒަމް އެންމެ ގަދީމީ މާރުކޭޓު ކަމަށްވާ އިޓަލީ މާކެޓުގައި އިސްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރި އެކެވެ.

އުމުރުން 83 އަހަރުގައި އިއްޔެ ނިޔާވި އަބްދުﷲ މަޝްހޫރުވެފައި ވަނީ ނިޔަ ރިސޯޓުގެ އޯނަރުގެ ގޮތުގަ އެވެ. މީގެ އިތުރުންވެސް އިތުރު އެހެން ރިސޯޓެއް އަބްދުﷲ ތަރައްގީ ކުރެއްވި އެވެ. އަދި މި ރިސޯޓްތައް ވެފައިވަނީ މިއަދުވެސް ރާއްޖޭގެ ޓޫރިޒަމްގެ މުއްސަނދި ފަންނުވެރިކަން "ހެރިޓޭޖް" ދުނިޔެއަށް ފެންނަނާން ހުރި މަދު ރިސޯޓްތަކުގެ ތެރޭގަ އެވެ. ޓޫރިޒަމް ހަލުވިކަމާއެކު ބަދަލުވެ، ތަރައްގީ ވެގެން ދިޔަނަމަވެސް ރާއްޖޭގެ އިހުގެ މަސައްކަތްތެެރިކަމާއި އިމާރާތް ކުރުމުގެ ބައްޓަންގަނޑު ނުގެއްލި ހުރި މަދު އެއް ރިސޯޓުގެ ތެރޭގައި ނިޔަ ރިސޯޓް ހިމެނެ އެވެ.
ނިކަ އަބްދުﷲ ޓޫރިޒަމް ސިނާއަތަށް ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުއްވައި، ޓޫރިޒަމަށް 50 އަހަރު ފުރުނު ރަންޖޫބީލްގައި ދިވެހި ސަރުކާރުން އަގު ވަޒަން ކުރުމުގެ ޕްލާކެއްވެސް ދީފައިވެ އެވެ. މި ޕްލާކް ހަވާލުކޮށްދެއްވީ ސެޕްޓެމްބަރު 29، 2022 ގައި ރައީސް ސޯލިހެވެ.
ނިކަ އަބްދުﷲ ގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.