ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލުތަކެއް

ދެ ކުންފުނީގެ ބޯޑުން ދެ މެމްބަރަކު ވަކިކޮށްފައިވާއިރު، ޕީސީބީން މިއަދު އެހެން ތިން ކުންފުންޏެއްގެ ބޯޑަށް އާ މެމްބަރުން އައްޔަނުކޮށްފަ އެވެ.

ސަރުކާރުގެ ހިއްސާވާ ފަސް ކުންފުންޏެއްގެ ބޯޑަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބަދަލު ގެނެސްފި އެވެ.

ޕީސީބީން މިއަދު ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން އާމިނަތު ރައިޝަމް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، އާއިޝަތު އަލީ ވެސް މިއަދު ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

އެ ދެ ކުންފުނީގެ ބޯޑުން ދެ މެމްބަރަކު ވަކިކޮށްފައިވާއިރު، ޕީސީބީން މިއަދު އެހެން ތިން ކުންފުންޏެއްގެ ބޯޑަށް އާ މެމްބަރުން އައްޔަނުކޮށްފަ އެވެ.

މިގޮތުން، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ސ.ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ސާލިހް އައްޔަނުކޮށްފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަކަމަށް ސ.ހުޅުދޫ، ރިވާސައިޑު އަހުމަދު ނާސިފު ވަނީ މިއަދު އައްޔަނުކޮށްފަ އެވެ.

މީގެއިތުރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)ގެ ޗެއާޕާސަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، ދަޕްތަރު ނަންބަރ ރސ 14819، ސައާދާ އިބްރާހިމް އައްޔަނުކޮށްފައިވާކަމަށް ވެސް ޕީސީބީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.