ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަކީލަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ރެޖިސްޓްރާ އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީގެ މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަކީލަށް މަގާމުގެ ފަތްކޮޅު އަރުއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުން އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަނު ކުރަން ރުހުން ދީފައި ވަނީ އިއްޔެގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި އޭނާއަށް ރުހުން ލިބުނީ 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތް މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.
މަޖިލީހުން އެގޮތަށް ފާސްކުރުމާއެކު، އޭނާ އިއްޔެ ވަނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.