ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސީވިޑް ނުވަތަ މޫދު ވިނަ އެކްސްޕޯޓްކުރަން ފަށައި، 60 ޓަނަށްވުރެ ބޮޑު އަދަދެއް ވަނީ ބޭރުކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 40 ފޫޓުގެ ފަސް ކޮންޓެއިނަރުގެ ސީވިޑް އެވެ.

ރާއްޖޭގެ މަސްވެރިކަން ޑައިވާސިފައި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މެރިކަލްޗާގެ ގިނަ ޕްރޮޖެކްޓްތަކެއް އެބަހުރި ކަމަށާ، މި މަސައްކަތުގެ ދަށުން މޫދު ވިނައިގެ ފަސް ކޮންޓެއިނަރު ރާއްޖޭން އެކްސްޕޯޓްކޮށްފި އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސީވިޑް ނުވަތަ މޫދު ވިނަ އެކްސްޕޯޓްކުރަން ފަށައި، 60 ޓަނަށްވުރެ ބޮޑު އަދަދެއް ވަނީ ބޭރުކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 40 ފޫޓުގެ ފަސް ކޮންޓެއިނަރުގެ ސީވިޑް އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މެރިކަލްޗާ ކުރާނެ ޒޯނުތަކެއް ކަނޑައަޅައި ލުއިތަކެއް ދެވިފައިވާ ކަމަށާ މިއާއެކު އަންނަ ހުށަހެޅުންތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަނިޔަފުށީ ފަޅުގައި މިހާރު ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާނެ މެރިކަލްޗާގެ އެންމެ ބޮޑު ހެޗަރީ ހެދުމުގެ މަސައްކަތް ފެށިފައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މިއީ ވަރަށް ގިނަ ވަޒީފާތަކެއް އުފެދި، އަދި ބޭރު ފައިސާ ލިބޭނެ އިތުރު ދޮރަކަށްވާނެ،" ޝިޔާމް ވިދާޅުވި އެވެ.