އުފާވެރި ހަބަރެއް | ޓޫރިސްޓު ނަމްބަރު ދަަށްވިޔަސް ތިބޭ މުއްދަތު އިތުރު

މިދިޔަ އަހަރު ފަތުރުވެރިއަކު އެވްރެޖްކޮށް ރާއްޖޭގައި 6.8 ދުވަސް ހޭދަކުރިއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ އެވްރެޖް އުޅެނީ 7.2 ދުވަހުގަ އެވެ. މިއީ %6.2 ގެ ކުރިއެރުމެކެވެ.

ވީއައިއޭގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

ހަނގުރާމައިގެ ސަބަބުން ފްލައިޓްތަކަށް އައި ހުއްޓުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މެއި މަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިން އައި އަދަދު ދަށަށް ދިޔަ ނަމަވެސް، ރާއްޖެއަށް އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވަނީ މިއަހަރު މަތިވެފައެވެ. މިދިޔަ އަހަރު ފަތުރުވެރިއަކު އެވްރެޖްކޮށް ރާއްޖޭގައި 6.8 ދުވަސް ހޭދަކުރިއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ އެވްރެޖް އުޅެނީ 7.2 ދުވަހުގަ އެވެ. މިއީ %6.2 ގެ ކުރިއެރުމެކެވެ. ހާއްސަކޮށް މޭ މަހު މި އަދަދު ވަނީ 7.6 ދުވަހަށް ބަދަލުވެ، %15.8 ގެ ކުރިއެރުމެއް ހޯދާފައެވެ.

ސްޓޭ އިތުރުވުމުން ވާނެ ގޮތް - ރާއްޖޭގައި ހޭދަކުރާ ދުވަސް ގިނަވުމަކީ ރިސޯޓު، ހޮޓާ ނުވަތަ ގެސްޓްހައުސްތަކަށް ކޮޓަރީގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނެ ކަމެކެވެ. މީގެ އިތުރުން ކެއިންބުއިމާއި، ސްޕާ އަދި އެކްސްކާޝަން (ޑައިވިން، ވޯޓާސްޕޯޓްސް) ފަދަ އިތުރު ހިދުމަތްތަކަށް ކުރާ ހަރަދު އިތުރުވެ އެވެ. މިއީ ރިސޯޓްތަކުގެ ކޮޓަރިއަކަށް ޖެހޭ އާމްދަނީ މަތިކޮށްދޭނެ ކަމެކެވެ.

އެކި މަސްތަކުގައި ޓޫރިސްޓުން އައި އަދަދު

  • ޖަނަވަރީ - 227,403 މީހުން (%5.0 އިތުރުވުމެއް)
  • ފެބުރުވަރީ - 254,556 މީހުން (%17.7 އިތުރުވުމެއް)
  • މާރިޗް - 166,616 މީހުން (%19.8 ދަށްވުމެއް)
  • އޭޕްރީލް - 152,861 މީހުން (%24.4 ދަށްވުމެއް)
  • މޭ - 142,555 މީހުން (%1.7 އިތުރުވުމެއް)

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ ބެޑް ކެޕޭސިޓީ (އެނދުގެ އަދަދު) ވަނީ މިދިޔަ އަހަރަށްވުރެ %7.0 އިތުރުވެފައެވެ. މިދިޔަ އަހަރު އެވްރެޖްކޮށް 63,026 އެނދު އޮޕަރޭޓްކުރިއިރު، މިއަހަރުގެ މިހާތަނަށް މި އަދަދު ވަނީ 67,414 އަށް އަރާފައެވެ. ނަމަވެސް، އައި ފަތުރުވެރިންގެ އަދަދު މަދުވުމާއި އެނދުގެ އަދަދު އިތުރުވުމާ ގުޅިގެން، ރިސޯޓްތަކާއި ހޮޓާތަކުގެ އެވްރެޖް އޮކިއުޕެންސީ ރޭޓް ވަނީ %63.8 އިން %59.6 އަށް (%6.6 ދަށަށް) ވެއްޓިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ދަށަށްދިއުމެއް ފާހަގަކުރެވުނީ %18.2 ގެ ދަށްވުމަކާއެކު އެޕްރީލް މަހުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.