ޕީސީބީއަށް އަލަށް އައްޔަނު ކޮށްފައި ވަނީ ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ އެވެ. އޭނާ އެ ބޯޑަށް އައްޔަނުކޮށްފައި ވަނީ ބޭންކިން ދާއިރާއަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އިތުރު މެންބަރަކު އައްޔަންކޮށްފި އެވެ.
ޕީސީބީއަށް އަލަށް އައްޔަނު ކޮށްފައި ވަނީ ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ އެވެ. އޭނާ އެ ބޯޑަށް އައްޔަނުކޮށްފައި ވަނީ ބޭންކިން ދާއިރާއަށެވެ.
ޒައިނާ ވަނީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ ކުރިން ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފަ އެވެ. ޕީސީބީގެ ބޯޑަށް އައްޔަނު ކުރިއިރު އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގަ އެވެ.