ބީއެމްއެލްއަށްފަހު އެމްއައިބީ އިން ވެސް ބައެއް ސައިޓްތަކުން ކާޑު ލިމޓް ކަނޑާލައިފި

އެމްއައިބީއިން ބުނީ މި ފިޔަވަޅު އަޅަން މަޖުބޫރުވީ ރުފިޔާ ކާޑަށް ދީފައިވާ ޑޮލަރު ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ލިމިޓެއް ނަމަވެސް ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ކަންކަމުގައި ވެސް ބޭނުންކުރަމުންދާތީ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް -- ދަމިރާ

ކޭޝް ކާޑުތައް ބޭނުންކޮށްގެން ބައެއް ސައިޓްތަކުން ވިޔަފާރި ކުރަން ބީއެމްއެލް އިން އެޅި ފިޔަވަޅަށްފަހު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް އެފަދަ ސައިޓްތަކުން ޑޮލަރުގެ ކާޑު ލިމޓް ކަނޑާލައިފި އެވެ. 

ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދޭން މަޖުބޫރުވެގެން ބީއެމްއެލްއިން ކޭޝް ކާޑުތަކަށް ދީފައިވާ ޑޮލަރުގެ ލިމިޓް ކަނޑާލީ މިދިޔަ މަހު އެވެ. މި ބަދަލަށްފަހު ބީއެމްއެލް އިން ވަނީ ކޮންމެ ދުވަހަކު ވިޔަފާރިކުރަން ލިމިޓެއް ކަނޑައަޅާފަ އެވެ. މި ބަދަލަށް މަސް ދުވަސް ނުވަނީ އިސްލާމިކް ބޭންކްއިން ރޭވަނީ މިފަހަރު ފިޔަވަޅެއް އަޅާފަ އެވެ. 

އެމްއައިބީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓު ބޭނުންކޮށްގެން އީކޮމާސް ބައެއް ވެބްސައިޓުތަކުން ވިޔަފާރި ނުކުރެވޭ ގޮތް ހަދައި، ކޮންމެ ކަސްޓަމަރަކަށް މަހަކަށް އެ ޑޮލަރު ލިމިޓުން ކުރެވޭނީ 10 މުއާމަލާތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ބަަދަލު ގެންނަން ޖެހުނީ ރުފިޔާ ކާޑަށް ދީފައިވާ ޑޮލަރު ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ލިމިޓެއް ނަމަވެސް ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ކަންކަމުގައި ވެސް ބޭނުންކުރަމުންދާތީ އެވެ. 

ލިމިޓްކުރި އީކޮމާސް ސައިޓްތައް

  •  ޓީމޫ
  •  އަލީއެކްސްޕްރެސް
  •  ޝީއިން

އެ ބޭންކުން ބުނީ މި ފިޔަވަޅުއެޅީ ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުންނެވެ. 

އެމްއައިބީއިން ބުނީ މި ބަދަލު ގެނައިނަމަވެސް ސަބްސްކްރިޕްޝަން ސައިޓްތަކާއި ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށާއި ސިއްހީ ހިދުމަތަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ ހަރަދުތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން ބޭނުންކުރެވޭނެ އެވެ. 

ރާއްޖޭގައި ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބީއެމްއެލްއިން އެކަނި މިއަހަރު 50 މިލިއަން ޑޮލަރު ބޭނުންކުރަމުންދާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.