މި މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތް ދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ނެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެސްޓީއޯ ބޭސް ފިހާރަތައް ސްޓޭޓް ފާމާއަށް ހަވާލުކުތާތީ، ބޭސް ފިހާރަތަކުގެ ސްޓޮކް ގުނަން ތިން ދުވަހަށް ބަންދު ވާނެއެވެ.
ރާއްޖޭގެ ގައުމީ ހެލްތް ނިޒާމަށް ބޭސް ފޯރުކޮށްދޭ އެންމެ ބޮޑު ސަރުކާރު ކުންފުނިން ބުނީ އެ ނިންމުން ނިންމީ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.އެހެންވެ ކުރިއަށް އޮތް ތިން ދުވަސް އެސްޓީއޯގެ ފާމަސީތައް ބަންދުވާނެ ކަމަށާއި ނަމަވެސް އިމިޖެންސީ ހާލަތުގައި އަދިވެސް އެ ފާމަސީތަކުން ބޭސް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.
މި މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތް ދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ނިމުމަކަށް ގެނައުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީ އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެސްޓީއޯ އިން ވަނީ މި ބަދަލާއެކު އެ ކުންފުނީގެ ދަށުގައި ހުރި ހުރިހާ ބޭސް ފިހާރަތަކެއް ސްޓޭޓް ފާމާއަށް ހަވާލުކުރަން ނިންމާފަ އެވެ. އަދި މުވައްޒަފުންވެސް ދެން ހަރަކާތްތެރިވާނީ އެ ކުންފުނީގެ ދަށުގަ އެވެ. މި ބަދަލާއެކު އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުނަަމަވެސް އޮޕަރޭޝަންގައި ގޮންޖެހުންތައް ގިނަ ބޭހުގެ ވިޔަފާރި ދޫކޮށްލުމުން އެސްޓީއޯގެ އޮޕަރޭޝަނަލް ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.