ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ޝަކީލް އިސްތިއުފާ ދެއްވައިފި

ޝަކީލް އިސްތިއުފާ ދެއްވީ އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމުގެ މަގާމަށް އޭނާ އައްޔަނު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.

ހައްޖު ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަންގެ އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޝަކީލު ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޝަކީލް އިސްތިއުފާ ދެއްވީ އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމުގެ މަގާމަށް އޭނާ އައްޔަނު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނު ކުރުމަށް އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، އަދި އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން ނެގި ވޯޓުގައި، އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތް މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. 

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނު ކުރަން ނިންމިއިރު، އޭނާއަކީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރެޖިސްޓްރާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.