އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން ނެގި ވޯޓުގައި، އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތް މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީލް --

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ރެޖިސްޓްރާ އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަނު ކުރުމަށް އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، އަދި އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން ނެގި ވޯޓުގައި، އީސީގެ މެމްބަރު ކަމަށް ޝަކީލް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ހަތް މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. 

އެގޮތަށް ފާސްވުމާއެކު، ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ޝަކީލް އިސްތިއުފާ ދެއްވާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.