ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ، ރާހި، އިޒްޔާން އަބްދުލްހަމީދު 38، ހޯދުމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދައި ހައްޔަރުކުރުމަ، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފި އެވެ.
ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ، ރާހި، އިޒްޔާން އަބްދުލްހަމީދު 38، ހޯދުމަށެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހި ކުރުމަށެވެ.