ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ފަރުވާދެމުން ދަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ

ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ފަރުވާދެމުން ދަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ.
ނަމަވެސް މިހާރު އެ ކުއްޖާ ވަނީ އައިޖީއެމްއެޗް އަށް ބަދަލު ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ހާލު ދެރަވުމާ އެ ކުއްޖާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި 5 ގަ އެވެ. އެ ކުއްޖާ ވެއްޓުނީ އެ އިމާރާތުގެ ދެވަނަ ފްލޯ އިންނެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.