މެންޓަލް ހޮސްޕިޓަލް އަޅަނީ ހުޅުމާލޭގައި، ބިން ހަމަޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި މެންޓަލް ހޮސްޕިޓަލް އެޅުމަށް 10،000 އަކަފޫޓުގެ ބިމެއް މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ

މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށާއި، އެކަމަށް ބޭނުންވާ ބިންވެސް ކަނޑައަޅާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި މެންޓަލް ހޮސްޕިޓަލް އެޅުމަށް 10،000 އަކަފޫޓުގެ ބިމެއް މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ހޮސްޕިޓަލްތަކަކީ ހާއްސަ ފަރުވާ ދެވޭ ތަންތަނަށްވުމާއި، އެފަދަ ފަރުވާތަކަށް ބޭނުންވާ ސްޕެޝަލިސްޓުންނަކީ އެކި ފަންނުގެ މީހުންނަށް ވާން ޖެހޭ ކަމަށެވެ.

އަދި އެފަދަ ބަލި މީހުންނަށް ބޭނުންވާ ތަފާތު ޓެސްޓްތަކާއި ދޭންޖެހޭ އެހެނިހެން ފަރުވާވެސް މިވަގުތު ޖަމާވެފައި ވަނީ މާލެ ސަރަހައްދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަތޮޅުތެރޭގެ ބަދަލުގައި ގްރޭޓާ މާލޭގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ މި ސަބަބުތަކާވެސް ހުރެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލަމުން މިނިސްޓަރު ވިދާޅުވީ 2023 އިން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބައްޔަށް ކޮންސަލްޓް ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދާފައި ވަނީ މާލެ ސަރަހައްދުންކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީވެސް މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލެއް ހުރުން މުހިންމުވާ ސަބަބެއް ކަމަށެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފަ ނެތުމުން، އެފަދަ ފަރުވާއެއް ގާއިމްކުރުމަށް ސަރުކާރުތަކުން ދީފައިވާ އަހައްމިއްޔަތު ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މިފަރުވާ ދެވިފައި ނުވާކަން އަޅުގަނޑު ފާހަގަކޮށްލަން،" މިނިސްޓަރު އިތުރަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް މި ސަރުކާރުން ނަފްސާނީ ބައްޔަށް އަހައްމިއްޔަތުކަން ދޭ ކަން ފާހަގަކުރައްވައި، ގުރައިދޫގައި ގާއިމްކޮށްފައިވާ މަރުކަޒުގައި ތިބި 60 މީހުންނަށް ފަރުވާދެވި، އަނބުރާ މުޖުތަމައުއަށް ނެރެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ބޭރު ލޯނުގެ އެހީގައި ލ. ގަމުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން އިއުލާނުކޮށްފަ އެވެ. އެކަމަށް 14،000 އަކަފޫޓުގެ ބިމެއްވެސް ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މަޝްރޫއުއަށް ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.