ދުންފަތުގެ ޑިއުޓީ ކުޑަކުރުމާ ގުޅޭ ސުވާލަށް ސިއްހީ ވަޒީރު ޖަވާބެއް ނުދެއްވި

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ޑަބްލިޔުއެޗްއޯގެ ވެސް ލަފާގެ މަތިންނެވެ. އަދި މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެހެން ގައުމުތަކުން ވެސް ބޭނުންކުރާ އުކުޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ސިނގިރޭޓް ބުއިން މަނާ ކުރާ އިންޒާރެއް --

ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރި ސުވާލަށް ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބެއް ނުދެއްވި އެވެ. 

މި ސަރުކާރުން 2024 ވަނަ އަހަރު، ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކުރި އެވެ.

ނަމަވެސް، އެ ރޭޓު ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން ނިންމައި ސަރުކާރުން ވަނީ ގާނޫނަށް ވެސް އިސްލާހެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ޑަބްލިޔުއެޗްއޯގެ ވެސް ލަފާގެ މަތިންނެވެ. އަދި މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެހެން ގައުމުތަކުން ވެސް ބޭނުންކުރާ އުކުޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ގީލާ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ވަނީ މި ނިންމުމަކީ ކޮން ގޮތަކަށް ވިސްނައިގެން ނިންމި ނިންމުމެއްތޯ ސާފުކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ނަމަވެސް، މިއަދު ކުރެވުނު ސުވާލާ ގުޅުން ހުރި ސުވާލެއް ނޫން ކަމަށް ވިދާޅުވެ، ގީލާ ވަނީ އެ ސުވާލަށް ޖަވާބު ދެއްވަން އިއުތިރާޒް ކުރައްވައިފަ އެވެ. 

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން އޭރު ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކުރީ ރާއްޖޭގައި ވޭޕް މަނާކުރުމާއެކު، އޭރު ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓް ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައިގެންނެވެ. 

މަޖިލީހަށް ހުށަހެޅި ބިލުގައި އިތުރަށް އިސްލާހު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި 30 ޕަސެންޓް ނެގުމަށެވެ.

އަދި ދުންފަތުން ދުރުހެލިވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެތަކެތިން ޑިއުޓީ ނުނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.

ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއެކު ރާއްޖޭގައި ދުންފަތް ލިބޭ އަގު ވަނީ ބޮޑުވެފަ އެވެ. އެގޮތުން މިހާރު ސިނގިރޭޓު ފޮއްޓެއް ލިބެނީ 250ރ. އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.