ރާއްޖޭގެ ބޭންކިން ނިޒާމުގައި މިހާރު ގާތްގަނޑަކަށް 2,15 ބިލިއަން ޑޮލަރު ހުރި ކަމަށް ދައްކަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާނަމަ ގާތްގަނޑަކަށް 182.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ޓޫރިޒަމް ހީނަރުވުމާއެކު ޑޮލަރުގެ ކަޅުބާޒާރުގެ ހާލަތު ބޮޑުތަނުން ގޯސްވެފައިވާއިރު މި އަހަރުގެ އެޕްރީލް މަހާ ހަމައަށް ބޭންކިން ނިޒާމަށް ޖަމާކުރި ޑޮލަރުގެ ނިސްބަތް 14.05 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިިފި އެވެ.
މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑޮލަރުގެ ޑިޕޮސިޓްގެ ހުރިހާ ބާވަތެއްވެސް ވަނީ މިދިޔަ އަހަރާއި މި އަހަރު އަޅާ ކިޔާނަމަ އިތުރުވުން އައިސްފަ އެވެ.
މީގެން ދައްކައިދެނީ ބޭންކިން ނިޒާމަށް ޑޮލަރު ޖަމާވުން މިހާރު އިތުރުވެފައިވާ މިންވަރެވެ. މިގޮތުން ޑޮލަރުހެ ޓްރާންސްފަ ކުރެވޭ ކަރަންޓް އެކައުންޓް ޑިޕޮސިޓްގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ހުރީ ގާތްގަނޑަކަށް 1,374.9 ބިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހު މި އަދަދު ވަނީ ގާތްގަނޑަކަށް 1,557.4 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 182.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މީގެ އިތުރުން އެހެނިހެން ޑިޕޮސިޓް ސޭވިން ޑިޕޮސިޓްތަކުގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އެޕްރީލް މަހު ގާތްގަނޑަކަށް ގާތްގަނޑަކަށް 509.6 މިލިއަން ޑޮލަރު ޖަމާވެފައިވެ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ ގާތްގަނޑަކަށް 591.8 މިލިއަން ޑޮލަރަށް އިތުރުވެ ގާތްގަނޑަކަށް 82.2 މިލިއަން ޑޮލަރުގެ އިތުރުވުމެއް އައިސްފަ އެވެ. އަދި މިދިޔަ އަހަރު ފޮރިން ކަރަންސީ ޑޮޕިސިޓް ގާތްގަނޑަކަށް 1,884.5 ބިލިއަން ޑޮލަރުގައި ހުރިއިރު، މި އަހަރު މި އަދަދު ވަނީ ގާތްގަނޑަކަށް 2,15 ބިލިއަން ޑޮލަރަށް އިތުރުވުވެފަ އެވެ. މިއީ ގާތްގަނޑަކަށް ގާތްގަނޑަކަށް 264.8 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޭންކިން ނިޒާމަށް ޑޮލަރު ޖަމާކުރި މިންވަރު 2024 އިން 2025 ގައި ހުރީ ގާތްގަނޑަކަށް 794.5 މިލިއަން ޑޮލަރުގަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު (ޖެނުއަރީ - އޭޕްރީލް) އަށް ޑޮލަރު ޖަމާވި މިންވަރު ދަށަށް ގޮސްފައެއް ނުވެއެވެ. މި ހަތަރު މަސްތެރޭގައި އިތުރު 391.4 މިލިއަން ޑޮލަރު ވަނީ ޖަމާވެފަ އެވެ،