ދެވަނަ ފިޔަވަހީގެ އިމާރާތަކުން ވެއްޓުނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފްލެޓެއްގެ ދެވަނަ ފްލޯއިން ކުޑަ ކުއްޖަކު ވެއްޓި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އަމާން ދޯދި 5 ގެ ދެވަނަ ފްލޯ އިން ކުއްޖަކު ވެއްޓުނު ކަމުގެ ރިޕޯޓު ރޭ 11:14 ގައި ލިބުނު ކަމަށެވެ.
އިމާރާތުން ވެއްޓުނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ފުރަތަމަ އެކުއްޖާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.
ނަމަވެސް ފަހުން ފުލުހުން ބުނީ އެކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާ އަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.