ބިލަބޮންގް ހައިސްކޫލާއި ކެންގަރޫ ކިޑްސްގެ އާ ކެމްޕަސް ހުޅުމާލޭގައި

އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ އެންމެން ޝާމިލްވާ ތައުލީމީ ފުރުސަތު ތަނަވަސް ކުރުމެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ކެންގަރޫ ކިޑްސް ސްކޫލުގެ ބިންގާ އަޅަނީ -- މިހާރު ނޫސް ފޮޓޯ

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރާ ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ކެންގަރޫ ކިޑްސްގެ އާ ކެމްޕަހުގެ ބިންގާ އަޅައިފި އެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި ރަަސްމިއްޔާތެއްގައި ބިންގާ އެޅީ އައިލެންޑާސް އެޑިއުކޭޝަންގެ އިސްވެރިންނާއި އެޑިއުކޭޝަންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން ކެންގްރޫ އާއި ބިލަބޮންގް ހިންގާ ކުންފުނީގެ އިސްވެރިން އަދި އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަބްދުއް ރަޝީދެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ އެންމެން ޝާމިލްވާ ތައުލީމީ ފުރުސަތު ތަނަވަސް ކުރުމެވެ.

މި ކެމްޕަހުގެ އޮޕަރޭޝަންތަކާ ހަވާލުވުމުގެ އެއްބަސްވުމުގައި އައިލެންޑާސް އެޑިއުކޭޝަނާއި ލައިޓްހައުސްތައ އެޑިއުކޭޝަނާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. ލައިޓް ހައުސްގެ ސީއީއޯ ޕްރަޖޯދް ވިދާޅުވި ގޮތުގައި، މި ކެމްޕަހުގެ ސަބަބުން ހުޅުމާލޭގެ ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިއަރައި، ކާމިޔާބު ކުދިންތަކެއް ބިނާވެގެންދާނެ އެވެ.

އައިލެންޑާސް އެޑިއުކޭޝަން އިން ވަނީ މި ސްކޫލް މި އަހަރުގެ ނިޔަލަށް ނިންމާލައި، ހުޅުވުމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ކިޔަވައިދޭން ފަށާށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.