އީރާނުގެ މީޑިއާއަކުން ވަނީ ތެހެރާންގެ އާޓިފިޝަލް އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި ސިފަކޮށްފައިވާ ޑރ. އަލީ އިހްސާނިޔާން ފަރަންސޭސިވިލާތުގައި މަރުވި ހާދިސާއާ ގުޅޭ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

އިސްރާއީލުގެ މޮސާޑުން އީރާނުގެ އޭއައި އެކްސްޕާޓެއް ކަމަށްވާ ޑރ. އަލީ އިހްސާނިޔާން ފްރާންސުގައި އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.
އީރާނުގެ 'އޭއައި ޕަޔޮނިއާ' މަރުވެފައި އޮށްވައި ފެނިފައިވާއިރު އޭނާ މަރުވި ގޮތުގެ ތަފްސީލުތައް އަދި އާންމުކޮށްފައި ނުވި ނަމަވެސް، އީރާނުގެ އާޔަތުﷲ ވެރިކަމާ ގުޅުންހުރި ޕްރެސް ޓީވީން ދަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ އަށް ތުހުމަތު ކުރަމުންނެވެ. އެ ޗެނަލުން ބުނާ ގޮތުގައި މިއީ "ސައިންޓިފިކް ގޮތުން އިސް ބޭފުޅުން ނައްތާލުމުގެ ދިގު މުއްދަތުގެ ހަރުދަނާ އުކުޅެކެވެ"
އީރާނުގެ މީޑިއާއަކުން ވަނީ ތެހެރާންގެ އާޓިފިޝަލް އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި ސިފަކޮށްފައިވާ ޑރ. އަލީ އިހްސާނިޔާން ފަރަންސޭސިވިލާތުގައި މަރުވި ސިއްރުވެރި ހާދިސާއާ ގުޅޭ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ. އެ ޗެނަލުން ބުނާ ގޮތުގައި މިކަމުގެ އިނގިލި ދިއްކުރެވެނީ އިސްރާއިލްގެ ޖާސޫސީ އިދާރާ މޮސާޑަށެވެ. އޭނާ މަރުވި ގޮތުގެ އެއްވެސް ތަފްސީލެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
ޖޫން 11 ގައި އީރާނުގެ އެކި ނެޓްވޯކްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިހްސާނިޔާންގެ ހަށިގަނޑު ވަނީ އަނބުރާ އީރާނަށް ގެންގޮސް، ފާރްސް ޕްރޮވިންސްގެ އުފަން ރަށް ކަމަށްވާ ޖަހްރޮމްގައި ވަޅުލާފަ އެވެ.
އެ ގައުމގެ ޕްރެސް ޓީވީން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ މާރިޗު 28 ގައި ފަރަންސޭސިވިލާތުގެ ނީސްގައި ހިނގި "ސިއްރުވެރި" މަރަށް ފަހު، ގާތްގަނޑަކަށް ހަ ހަފުތާ ފަހުންނެވެ. އެއީ އިސްރާއިލުން "އޮޕަރޭޝަން ރައިޒިން ލަޔަން" ހިނގަމުންދިޔަ ދުވަސްވަރެވެ.
އެ ޗެނަލުން އިތުރަށް ބުނީ، އޭނާ މަރުގެ ތަހުގީގު ކުރަމުންދާއިރު، ހުރިހާ ހެކިތަކެއް ވެސް ތުހުމަތުވަނީ މޮސާޑަށެވެ. އެއީ އަހަރުތަކެއް ވަންދެން ރޭވުންތެރިކަމާއެކު އީރާނުގެ ޒުވާން ސައިންސްވެރިން ނައްތާލަން އިސްރާއިލުން ކުރާ މަސައްކަތުގެ ބައެކެވެ.
ޑރ. އިހްސާނިޔާން އަކީ އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2018 އިން 2020 އަށް އަސްކަރީ ޚިދުމަތް ފުރިހަމަކުރެއްވި ދުވަސްވަރު އީރާނުގެ ޑިފެންސް މިނިސްޓްރީއާއެކު މަސައްކަތް ކުރައްވާފައިވެއެވެ.
އޭނާގެ ގާބިލްކަން ހުރި ދާއިރާތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، މެޝިން ލާނިން އަދި ކުރިއަށް އޮރް ޖީލުގެ ވަޔާލެސް ނެޓްވޯކްތައް ހިމެނެ އެވެ. މިއީ އަސްކަރީ ހަނގުރާމަތަކުގައި ވެސް ބޭނުންކުރެވިދާނެ ދާއިރާތަކެކެވެ. އޭނާ 2015 ވަނަ އަހަރު އީރާނުގެ އަމީރްކަބީރު ޔުނިވަރސިޓީން އިލެކްޓްރިކަލް އިންޖިނިއަރިންއިން ބެޗްލަރސް ޑިގްރީ ހާސިލްކުރެއްވިއިރު، 2018 ވަނަ އަހަރު އެ ޔުނިވަރސިޓީން ދެ މާސްޓަރސް ޑިގްރީ ފުރިހަމަކުރެއްވި އެވެ.