މި އަހަރަށް ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިމަހުގެ ހަތަރު ވަނަ ހަމައަށް 28.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މިއަހަރަށް ފާސްކުރި ޖުމްލަ ބަޖެޓުގެ 44.94% އެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ސަރުކާރުގެ އިދާރާތަކާއި ދާއިރާތަކުން ކުރަމުންދާ ހަރަދު މަތިވެ 36 ޕަސެންޓްގައި ހުރިއިރު މި އަހަރަށް ފާސްކުރި ބަޖެޓުގެ 44.94 ޕަސެންޓް ވަނީ ހުސްވެފަ އެވެ. މި އަހަރުގެ ބަޖެޓުގެ ހަރަދު ހުރި ގޮތަށް ލިބުނު ކޮންމެ 100 ރުފިޔާއަކަށް ހަރަދު ހުރީ 198.90 ރުފިޔާގަ އެވެ. މާނައަކީ 100ރ. ލިބުނު ނަމަވެސް އިތުރަށް -98.90 ރުފިޔާ ދަނީ ހަރަދު ކުރަމުންނެވެ.
މި އަހަރުގެ ހަރަދު ބަޖެޓު - މި އަހަރަށް ފާސްކުރީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިމަހުގެ ހަތަރު ވަނަ ހަމައަށް 28.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މިއަހަރަށް ފާސްކުރި ޖުމްލަ ބަޖެޓުގެ 44.94 ޕަސެންޓެވެ. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އައި ބަދަލު: 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރުގެ ޖުމްލަ ހަރަދު ވަނީ 35.87 ޕަސެންޓް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިނިސްޓްރީ އޮފް ފައިނޭންސްގެ ވީކްލީ ފިސްކަލް ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ބަޖެޓުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ވުޒާރާތަކާއި ހަަރަދުގެ އެކި ބައިތަކަށް ޖުމްލަ 28.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ހިސާބުތަކަށް ބަލާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 36 ޕަސެންޓްގެ އިތުރު އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން 4 އާ ހަމައަށް ދައުލަތުން ހަރަދުކޮށްފައިވަނީ 21.2 ބިލިއަން ރުފިޔާގަ އެވެ.
ސްޕެޝަލް ބަޖެޓް (ސަބްސިޑީ އާއި އެހެނިހެން އެހީ) - ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ސްޕެޝަލް ބަޖެޓުންނެވެ. މިއަހަރުގެ ޖޫން 4 އާ ހަމައަށް މި ބަޖެޓުން 15.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ 2025 ވަނަ އަހަރު ހަރަދުވި 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 77.38 ޕަސެންޓް އިތުރު އަދަދެކެވެ.
ތައުލީމީ ދާއިރާ - މިއަހަރުގެ މިހާތަނަށް ތައުލީމީ ދާއިރާއަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ހޭދަވީ 1.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ވަނީ ހަރަދުތައް 26.62 ޕަސެންޓް އިތުރުވެފަ އެވެ.
އިންފްރާސްޓްރަކްޗާ އަދި ބޯހިޔާވަހިކަން، ހައުސިން މިނިސްޓްރީ - އުމުރާނީ ތަރައްގީއާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިއަހަރު 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.41 ޕަސެންޓް އިތުރުވުމެކެވެ.
ސިއްހީ ދާއިރާ - ސިއްހީ ދާއިރާގެ ހަރަދުތައް 2025 ވަނަ އަހަރުގެ 752.8 މިލިއަން ރުފިޔާއިން މިއަހަރު ވަނީ 1.0 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސް ފައެވެ. މިއީ 33.62 ޕަސެންޓްގެ އިތުރުވުމެކެވެ.

މި އަހަރު 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. މިމަހުގެ ހަތަދު ވަނަ ހަމައަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު ހުރީ 14.5 ބިލިއަން ރުފިޔާގަ އެވެ. މި އަަދަދު މިދިޔަ އަހަރު ހުރީ 14.1 ބިލިއަން ރުފިޔާގަ އެވެ. އާމްދަނީ ލިބުނު މިންވަރުން މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީގެ 36.46 ޕަސެންޓް ވަނީ ލިބިފަ އެވެ.
ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރު ލިބުނު ޖުމްލަ އާމްދަނީ ވަނީ 3.07 ޕަސެންޓް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 432.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޓެކްސް އާމްދަނީ މިހާތަނަށް ހުރީ 11.4 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 11.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.84 ޕަސެންޓްގެ އިތުރުވުމެކެވެ.
އަދި ޓެކްސް ނޫން އާމްދަނީ މިއަހަރު 3.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 2.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.59 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 67.0 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ ލިބުނު 218.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 69.32 ޕަސެންޓް މަދު އަދަދެކެވެ. މި އަަދަދު ބަލާނަމަ ގާތްގަނޑަކަށް ބަޖެޓު ޑެފިސިޓް ހުރީ 14.3 ބިލިއަން ރުފިޔާގަ އެވެ.
މިއީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 98.90 ޕަސެންޓް އިތުރު ހަރަދެކެވެ. އެހެން ގޮތަކަށް ބުނާނަމަ ދައުލަތުން ކޮންމެ 100 ރުފިޔާއެއް ހަރަދުކުރިއިރު، އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 50 ރުފިޔާ އެވެ. ބާކީ 50 ރުފިޔާއަކީ ޑެފިސިޓެވެ.
އާމްދަނީ 3 ޕަސެންޓް އިތުރުވިއިރު، ހަރަދުތައް 35 ޕަސެންޓް އަށްވުރެ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ސްޕެޝަލް ބަޖެޓުގެ ހަރަދުތައް 8.7 ބިލިއަނުން 15.6 ބިލިއަން ރުފިޔާ އަށް ނުވަތަ 77.38 ޕަސެންޓް މައްޗަށް ދިއުމެވެ. މީގެ އިތުރުން ސިއްހީ އަދި ތައުލީމީ ދާއިރާގެ ހަރަދުތައް އިތުރުވުން ވެސް ހިމެނެ އެވެ.