ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހަށް ބިލު ހުށަހަޅައިފި

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދުންފަތުން ނަގާ ޑިއުޓީ 4ރ. އަށް ކުޑަކުރުމަށެވެ.

ދުންފަތާ ދެކޮޅު ކެމްޕެއިންގެ ބޯޑެއް

ދުންފަތުގެ ޑިއުޓީ ކުޑަ ކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދުންފަތުން ނަގާ ޑިއުޓީ 4ރ. އަށް ކުޑަކުރުމަށެވެ.

މީގެ ކުރިން 3.50ރ. އަށް ނަގަމުން ދިޔަ ދުންފަތުގެ  8ރ. އަށް ބޮޑުކޮށްފައި ވަނީ މި ސަރުކާރުން، ޑިސެމްބަރު، 2024 ގައެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައި އިތުރަށް އިސްލާހު ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި 30 ޕަސެންޓް ނެގުމަށެވެ. 

އަދި ދުންފަތުން ދުރުހެލިވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެތަކެތިން ޑިއުޓީ ނުނެގުމަށް ބިލުގައި ހިމަނާފައިވެ އެވެ.

ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއެކު ރާއްޖޭގައި ދުންފަތް ލިބޭ އަގު ވަނީ ބޮޑުވެފަ އެވެ. އެގޮތުން މިހާރު ސިނގިރޭޓު ފޮއްޓެއް ލިބެނީ 250ރ. އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.